އަޅުގަނޑަކީ މީހަކަށް ނުފޫޒު ފޯރުވޭނެ މީހެއް ނޫން، ނުފޫޒެއް އައިސްފިނަމަ އިސްތިއުފާދޭނަން: ޑރ. މުނައްވަރު

Advertisement

އެންމެ ފަސް

Advertisement

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރައިފިނަމަ އިސްތިއުފާ ދެއްވާނެކަމަށް އެ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރާ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ މި މައްސަލައިގައި ކޮމިޝަނުގެ ނިންމުމެއް އެއްވެސް ފަރާތެއްގެ ނުފޫޒަށް ނިންމަޖެހިއްޖެ ނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އޭނާ އަކީ ނުފޫޒު ފޯރުވަން އެހާ ފަސޭހަ މީހެއް ނޫން ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

އަޅުގަނޑަކީ ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ވަރަށް ގާތް މީހެއް. ރައްޓެހިކަން އޮވޭ. ރަހުމަތްތެރިކަން އޮވޭ. ދެން އެހެންނަމަވެސް އަޅުގަނޑު ދަންނަ ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެން ވާނެ ކަންނޭނގެ އަޅުގަނޑަކީ ނުފޫޒު ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން.

ޑރ. މުނައްވަރު ވިދާޅުވީ މި ކޮމިޝަނުގައި ދެން ތިއްބެވި މެންބަރުންގެ އިންޓެގްރިޓީއާ މެދުވެސް އެއްވެސް ސުވާކެއް ނޫފެދޭ ކަމަށާއި މި ކޮމިޝަންގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ވަރަށް މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤް ފަށައި، އިދާރާތަކާއެކު މަޝްވަރާތައް މިހާރު ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު އުފެއްދެވި މި ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ނެތްކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޑރ. މުނައްވަރު ވަނީ ކުރީ ސަރުކާރުތަކުގައި އުފައްދާފައިވާ ކޮމިޝަންތަކުގެ ވާހަކަ ދައްކަވާފަ އެވެ. ޑރ. މުނައްވަރު ވިދާޅުވީ އެ ކޮމިޝަންތަކުގެ ތަހުގީގުތައް ދިޔަ ގޮތުން ރައްޔިތުންގެ އިތުބާރު މި ކޮމިޝަނަށް ނެތްކަމަށް ބުނުމަކުން އެއްވެސް ހައިރާންކަމެއް ނެތް ކަމަށެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި ކަމަށާއި އެ ކޮމިޝަނަށް ވީ ގޮތެއް ނޭނގޭ ކަމަށާއި މަރު ކޮމިޝަނަށްވެސް ވީ ގޮތް ނޭނގޭކަމަށް މުނައްވަރު ވިދާޅުވި އެވެ.

ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެއްދީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަނަށް އައްޔަން ކުރީ ތިން މެންބަރުންނެވެ. އެއީ ޑރ. މުނައްވަރާއި އަހުމަދު މުހައްމަދާއި ޑރ. މުހައްމަދު ހަބީބެވެ. އެކަމަކު، ހަބީބު ވަނީ އެ ކޮމިޝަނުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ހަބީބު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އަލުން ތިން މެންބަރުން އައްޔަން ކުރީ އިއްޔެ އެވެ.

މި ކޮމިޝަނުގައި ޑރ. މުނައްވަރުގެ އިތުރުން ދެން ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.

ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މި ހިނގާ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ.

އަންހެނަކު ވެއްޓުން ޑރ. މުހައްމަދު މުނައްވަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ