ރާއްޖޭގައި ޕާޓީ ކުރުން އާންމުވީ 2018 ގެ ފަހުން ކަމަށާއި 2023 އައި އިރު ޒުވާނުން ތިބީ ބިރަކާ ނުލާ ޕާޓީ ކުރަންކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ލުބްނާ މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ލުބްނާ މި ޕޯސްޓް ކުރައްވާފައިވަނީ އޭނާ ދެއްކި ވާހަކައެއްގެ މައްޗަށް ހަދާފައިވާ ހަބަރެއްކަމަށް ބުނެ ނޫހަކުން ޝާއިރުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރު ލިޔެފައިވަނީ ”ޕާޓީ ކުރުމުގެ ޓްރެންޑު އާންމުވީ މިސަރުކާރު އައި ފަހުން ކަމަށް ދޭހަވާހެން އެންޑީއޭ ޗެއާޕާސަން ލުބްނާ ޒާހިރު ވާހަކަ ދައްކައިފި“ މި ސުރުހީގެ ދަށުންނެވެ.
ލުބްނާ ވިދާޅުވީ ރެއާ ހަމައަށް މި މޭރުމުން އެއްވެސް އިންޓަވިއުއެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށްވެސް ލުބްނާ ވަނީ ގޮވާލައްވާފަ އެވެ.
މިވަގުތާ ހަމައަށް އަދި އެއްވެސް އިންޓަވިއުއެއް ތިހެން ބުނެ އެއްވެސް ފަރާތަކަށް އަޅުގަނޑު ދީފައި ނުވާނެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓާލައްވާ.
ލުބްނާ ވިދާޅުވީ ޕާޓީ ކުރުން އާންމު ވެފައިވަނީ 2018 އިން ފެށިގެން ކަމަށެވެ. އަދި 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޒުވާނުން ތިބީ ބިރަކާ ނުލާ ޕާޓީ ކުރަންކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީ ކުރުމުގެ މައްސަލައިގެ ވާހަކަ އާންމުވެފައިވަނީ ގެއެއްގެ 9 ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓުނު މައްސަލައިގައި، އެ މައްސަލައިގައި ހިމެނޭ މީހުން ޕާޓީކޮށްފައިވާކަމަށް ދެކެވޭ ވާހަކައިގެ ސަބަބުންނެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން އަންހެނަކު ވެއްޓުން
