ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް ބަޔަކު އެރުމުން 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް ފަތުރުވެރިން ގޮވައިގެން އެރުމާއި، އެތަނުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގުމުގެ ސަބަބުން ސޮނެވާފުށި 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު އެ ފިނޮޅަށް އަރާފައިވެ އެވެ. މި މައްސަލައިގެ މަޢުލޫމާތު އީޕީއޭއަށް ލިބުމާ ގުޅިގެން، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު މައްސަލަ ތަޙުޤީޤުކޮށްފައިވެ އެވެ.

އީޕީއޭއިން ހާމަކުރި ގޮތުގައި، އެ ފިނޮޅުގައި ހިންގި ގަވާއިދާ ޚިލާފު ޢަމަލުތަކުގެ ތެރޭގައި ރޭގަނޑު އަލިވާގޮތަށް ސަރަހައްދު ދިއްލުމާއި، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ފަދަ ގޮތަކަށް އަޑުގަދަކުރުމާއި، އަލިފާން ރޯކުރުން ހިމެނެ އެވެ. އަދި ފުލުހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުންވެސް، ސޮނެވާފުށީގެ މުވައްޒަފުން އެކަމަށް އިންކާރުކޮށް އެއްބާރުލުން ދީފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

ނެލިވަރު ފިނޮޅަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އަދި އެންމަޑި އެއްވާ ޚާއްޞަ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ. މި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ވަރަށް މުހިންމު، ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުން، މިފަދަ ޤަވާއިދާ ޚިލާފު ޢަމަލުތައް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ