ކުޑަހުވަދޫގައި އެޕާޓްމަންޓްތަކެއް އާރުސީސީ އިން އަޅަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ދ. ކުޑަހުވަދޫގައި ހަތަރު ޓަވަރެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 160 އެޕާޓްމަންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

”މާވޭރު“ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނެނީ ހަމައެކަނި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެޕާޓްމަންޓްތަކުގެ ސައިޒުތައް ތަފާތުވާނެ ކަމަށް އާރުސީސީން މަޢުލޫމާތު ދީފައިވެ އެވެ. އެންމެ ބޮޑު އެޕާޓްމަންޓްގެ ސައިޒަކީ 1,120 އަކަފޫޓު ކަމަށާއި، ކުޑަ އެޕާޓްމަންޓްގެ ސައިޒަކީ 1,117 އަކަފޫޓް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ”ޓަވަރު އޭ“ އެޅުމުގެ އެއްބަސްވުމުގައި ކުޑަހުވަދޫ ކައުންސިލާއި އާރުސީސީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ޝިހާމް ކަމަށާއި، އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު ކަމަށް ވެއެވެ.

މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޓަވަރުތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ޕާކިންގ ޒޯނަކާއި ޕާކެއް ވެސް ތަރައްޤީ ކުރެވޭނެ ކަމަށް އާރުސީސީން ބުނެފައިވެ އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުޑަހުވަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ