ފަހުމީ މާފުއްޓަށް ވަޑައިގެން، ސްޓެލްކޯގެ މަސައްކަތްތައް ބައްލަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ، ކ. މާފުށްޓަށް ވަޑައިގެން އެރަށުގައި އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

މި ދަތުރުގައި ފަހުމީގެ އިތުރުން ކުންފުނީގެ އެހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސްޓެލްކޯއިން މާފުށީގައި ކުރިއަށްގެންދާ މައިގަނޑު މަސައްކަތަކީ އެރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އިންޖީނެއް ބެހެއްޓުމެވެ. މީގެ އިތުރުން، 1 މެގަވޮޓްގެ އިންޖީނެއް އޯވަރހޯލްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި މަސައްކަތްތަކަކީ އެރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި އެންމެ ކުރި އަރާފައިވާ ރަށެވެ. އެ ސަބަބާއި ހުރެ، އެ ރަށަކީ މީހުން ދިރިއުޅޭ އެހެން ރަށްރަށާ އަޅާބަލާއިރު، ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ އާބާދީއެއް ދިރިއުޅެ، ފަތުރުވެރިކަމުގެ ހިދުމަތްތައްދޭ ރަށެކެވެ.

ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށް ފައެވެ. މިގޮތަށް މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ކ. މާފުށި ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ