ޑުއަލް ޕާސްޕޯޓޭ ކިޔައިގެން ދައްކާ ވާހަކައަކީ ސަރުކާރާ ދެމެދު ނަފްރަތު އުފައްދަން ދައްކާ ވާހަކައެއް: މެންބަރު ޒަރީރު

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލް ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިދިކޮޅުން ދައްކަމުންދާ ޑުއަލް ޕާސްޕޯޓްގެ ވާހަކައަކީ ސަރުކާރާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މެންބަރު ޒަރީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އިޒްރޭލް ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެކަމަށް ބުނެފަ އެވެ. ނަމަވެސް އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިޒްރޭލްގެ ރައްޔިތަކަށް ރާއްޖެ އައުމަށް ހުރަހެއް ނެތެވެ.

މެންބަރު ޒަރީރު ވިދާޅުވީ އެއްވެސް މީހަކީ ކޮން ގައުމެއްގެ މީހެއްކަން އިނގޭނީ އެ މީހަކު ދައްކާ ޕާސްޕޯޓަކުން ކަމަށާއި އެއްވެސް ގައުމެއްގެ ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް އެހެން ގައުމެއްގެ އަތުގައި ނޯންނަ ކަމަށެވެ.

އަޅުގަނޑު ހިތަށް އެރި އަޅެ އަޅުގަނޑުމެންނަކީ 21 ވަނަ ގަރުނުގަ ތިބި ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެކޭ. ކިހިނެއްތޯ އަޅުގަނޑުމެންނަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުންގެ ޑޭޓާބޭސް އަޅުގަނޑުމެންގެ އިމިގްރޭޝަންގެ ކޮންޓްރޯލްގެ ދަށުގަ އޮންނާނީ. އެހެންވީމަ ކިހިނެއްތޯ އަޅުގަނޑުމެންނަށް އިނގޭނީ.

މެންބަރު ޒަރީރު ވިދާޅުވީ އެ މައުލޫމާތު ވެރިފައިކޮށް ހޯދޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެއީ އެމެރިކާއަށްވެސް ނުވާކަމެއްކަމަށް މެންބަރު ވިދާޅުވި އެވެ.

ވަރަށް ގިނަ ގައުމުތަކުގެ ރައްޔިތުން ދެ ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ ކަމަށާއި އެ މީހަކީ ކޮން ގައުމެއްގެ މީހެއްކަން އިނގޭނީ އިމިގްރޭޝަނަށް އެމީހަކު ދައްކާ ޕާސްޕޯޓުން ކަމަށެވެ.

މި ވާހަކައަކީ އެމްޑީޕީން ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް ދައްކަމުންދާ ވާހަކައެއް ކަމަށާއި މިކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭކަމަށް މެންބަރު ޒަރީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިޒްރޭލު ޕާސްޕޯޓް މެންބަރު ހަސަން ޒަރީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ