ހުޅުމާލޭގައި ބިނާ ކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރާނެ ޖާގަ ހިމެނުން ލާޒިމް ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަމާ ގުޅިގެން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެއް ހިމަނާފަ އެވެ.

މިނިސްޓަރު ޝަހީމް ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ކޮމާޝަލް އިމާރާތްތަކާއި ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ އެޕާޓްމެންޓް ހުންނަ ލަގްޒަރީ އިމާރާތްތަކުގައިވެސް ނަމާދު ކުރާނެ ޖާގައެއް ހެދުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރައްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

ބައެއް އިސްލާމީ ގައުމުތަކުގައި, މިސާލަކަށް އަޅުގަނޑުމެން ބަލާނަމަ މެލޭޝިއާ ފަދަ ގައުމުތަކުގައި ޝޮޕިން މޯލްތަކާއި އަދި ކޮމާޝަލް އޭރިއާތަކުގައި ބިލްޑިންތަކުގައި ހުންނާނެ ސުރާއޫ ކިޔާ ތަނެއް، ސުރާއޫގެ މާނައަކީ ނަމާދު ކުރާ ޖާގަ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ ފަދަ އިސްލާމީ ސައްތައިންސައިތަ މުސްލިމް ގައުމެއްގައި ވެސް މިފަދަ ޖާގައެއް ތަނަވަސްވެފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މި މަސައްކަތް އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްނަންގަވައިގެން ކުރައްވާތީ އެކަމަށް ޝުކުރުއަދާ ކުރައްވާކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ބުނެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ