ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ މާލޭގައި ކަމަށެވެ.
މާލެ، ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ރޭ 23:58 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވޭ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލް ފިރިހެނަކަށްކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަނިޔާވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތި ދީފައިވާކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.



