ސަރުކާރުން ޓެކްސީ ހިދުމަތް ފެއްޓިޔަސް ޓެކްސީ ޑްރައިވަރުން ހާސްވާކަށް ނުޖެހޭ: މިނިސްޓަރު އަމީން

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށި ނަމަވެސް އަމިއްލަ ޓެކްސީ ޑްރައިވަރުން އެކަމާ ހާސްވާން ނުޖެހޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅޭތީ ޝަކުވާ ލިބެމުންދާ ކަމަށާއި ޝަކުވާތައް ލިބެނީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން އުޅޭ މަގުސަދާއި ޓެކްސީގެ ހިދުމަތް އޮޕަރޭޓް ކުރާނެ ގޮތް ޑްރައިވަރުންނަށް ނޭނގޭތީ ކަމަށެވެ. އެގޮތުން ސަރުކާރުން ފަށާ ޓެކްސީގެ ހިދުމަތަކީ އަމިއްލަ ޓެކްސީތަކުން އިންސެކިއުއާ ވާން ޖެހޭ ކަމެއް ނޫންކަމަށާއި މުޅި ޓެކްސީގެ ވިޔަފާރި ސަރުކާރަށް ނަގަން މަސައްކަތް ނުކުރާކަމަށް އަމީން ވިދާޅުވި އެވެ.

އެއްގޮތަކަށްވެސް ޓެކްސީ ހިދުމަތުގަ ތިއްބެވި ބޭފުޅުން މިކަމާ އިންސެކިއަ ވެ ވަޑައިގަންނަވާކަށް ނުޖެހޭނެ. އެބޭފުޅުންގެ ވިޔަފާރި ތެރޭގައި، މުޅި ވިޔަފާރި ނަގާކަށް ނޫން.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޕަބްލިކުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ކަމަށެވެ.

ބޭނުންވަނީ ޕަބްލިކަށް ބޭނުންވާ ޑިމާންޑާ އެއްވަރަށް ސާވިސް ސްޓޭންޑަޑައިޒް ކުރެވިގެން ދިޔުން.

ސަރުކާރުން ޓެކްސީ ހިދުމަށް ދޭން ނިންމުމުގެ ކުރިން ދިރާސާތަކެއް ކުރި ކަމަށާއި އާންމުނަށް ޓެކްސީގެ ހިދުމަތް ދިނުމުގައި މިހާރު ވަރަށް ގިނަ ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ޓެކްސީ ހިދުމަތް ދޭން ނިންމާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އަދި މި ހިދުމަތަކީ ތާ އަބަދަށް އޮންނާނެ ހިދުމަތަކަށް ނުވެދާނެ ކަމަށާއި އާންމުންގެ ޑިމާންޑާ އެއްވަރަށް އަމިއްލަ ޓެކްސީތަކަށް ހިދުމަތް ރަނގަޅަށް ދެވޭނަމަ ސަރުކާރުން އެ ހިދުމަތާ ދުރަށް ދިޔުމަކީވެސް އޮޕްޝަނެއްކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އަދި އެފަދަ މަޝްވަރާއެއްކޮށްފައި ނުވާ ކަމަށާއި އެފަދަ ނިންމުމެއްވެސް ނިންމާފައި ނުވާކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ޓެކްސީ ހިދުމަތް ޓެކްސީ ޑްރައިވަރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ