އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ބީ.އެމް) އިން އެ ކުންފުނީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
އައިބީއެމްއަކީ މަޝްހޫރު ތާޒާ ބްރޭންޑްގެ މައި ކުންފުންޏެވެ.
އައިބީއެމްއިން އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޑިސެމްބަރު 9 ވަނަ ދުވަހު ވަނީ ހަރަކާތްތަކެއް ބާއްވާފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ މާލޭގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ އެ ކުންފުނީގެ ބޮޓްލިން ޕްލާންޓުގައިވެސް އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކޮށްފަ އެވެ.
އައިބީއެމްގެ މެނޭޖްމަންޓުން ވަނީ، މި ދިގު މުއްދަތުގައި ތާޒާއަށް ލިބުނު ކާމިޔާބީތަކާއި، ކަސްޓަމަރުންގެ އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.
މި 23 އަހަރުގެ ދިގު ދަތުރުގައި ތާޒާ އަކީ ރާއްޖޭގެ ބުއިންތަކުގެ މާކެޓުގައި ވަރުގަދަ މަޤާމެއް ހޯދާފައިވާ ބްރޭންޑެކެވެ.
އައިބީއެމްގެ އެމްޑީ މުހައްމަދު ޖިނާން ޖަލީލް މީގެ ކުރިން ޖަވިޔަނި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތާ އެ ކުންފުނީގެ އިތުރު ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރުން ކަމަށެވެ.



