ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރުވެސް އިސްތިއުނާފު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކުރިއިރު އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެފަހުން ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރުމަށް އަމުރުކުރި އެވެ.

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މި މައްސަލަ ބަލައިގަތުމާމެދު އަދި ވަކިގޮތެއް ހައިކޯޓުން ނިންމާފައެއް ނުވެ އެވެ.

ޝަމްއާން ފުރަތަމަ ބަންދު ކުރި އަމުރުވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ފަހުން ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ އެ އިސްތިއުނާފު ބަލައިގަތުމަށެވެ.

ފުލުހުން މި މައްސަލައިގައި ނެރުނު ބަޔާނެއްގައި މީގެކުރިން ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ހައި ކޯޓު އިމިގްރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ