ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

38.91 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 35,184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުމާއި، 28,872 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެ އެވެ. މީގެ އިތުރުން 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 2,901 އަކަ މީޓަރުގެ ސަރަހައްދެއްގެ ބެކްފިލް ކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްރޫޢުގެ ދަށުން 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 260 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް ކުރެވޭނެ އެވެ. އަދި 17 މަގުބައްތި އާއި 4 ނެރުބައްތި އަދި 66 މޫރިންގ ރިންގް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކުރެހުމެއް — ފޮޓޯ: މިނިސްޓްރީ

740 މީހުން ދިރިއުޅޭ ފިޔޯރީއަކީ 80 ހެކްޓަރުގެ ތަނަވަސް ބިމެއް އޮތް، ޤުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ރަށުގެ އުތުރު ފަރާތުގައި 10 ވަރަކަށް ފަޅުރަށް އޮންނައިރު، ދެކުނު ފަރާތުގައި ރީތި ކުޅިއެއް އޮވެ އެވެ. މި ރަށަކީ ރަނގަޅު ފެންވަރެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ.

ސަރުކާރުން ވަނީ ހުއްޓިފައިވަ ތަރައްޤީގެ މަޝްރޫއުތައް އަނެއްކާަ ފަށަން ފަަށައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގދ. ފިޔޯރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ