އަންނަ މަހު ފުރަތަމަ ފަހަރަށް ފާރޓިލިޓީ ސެންޓަރުން އެމްބްރިޔޯ ޓްރާންސްފަރ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ފަރޓިލިޓީ ސެންޓަރުން އަންނަ މަހު ފުރަތަމަ ފަހަރަށް އެމްބްރިޔޯ ޓްރާންސްފަރ ކުރުމަށް ނިންމައިފި އެވެ.

މިކަން ހާމަކުރައްވަމުން އައިޖީއެމްއެޗްގެ ސީއީއޯ އަބްދުލް ރައްޒާޤް ހަލީމް ވިދާޅުވީ، މެއި މަހުގެ ތެރޭގައި ފުރަތަމަ އެމްބްރިޔޯ ޓްރާންސްފަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. މިވާހަކަ ހަލީމް ދެއްކެވީ އެމްއެމްޓީވީގެ ”ބޮޑު ޚަބަރު“ ޕްރޮގްރާމުގަ އެވެ.

ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ، ”މިހާރުވެސް 100 އަށްވުރެ ގިނަ މީހުން ދަރިމައިވުމާ ގުޅޭ އެކިއެކި ފަރުވާތައް ވަނީ ފުރިހަމަކޮށްފައި“ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޤާއިމްކުރެވުނު މި ސެންޓަރުން، މިދިޔަ މާރޗް މަހު ވަނީ ފުރަތަމަ އައިވީއެފް ޕްރޮސީޖަރ ހަދާފަ އެވެ. އަދި އެދުވަހަކީ ތާރީޚީ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި، އެދުވަހު އައިވީއެފް ހެދުމަށް ސާމްޕަލް ނެގުމުގެ ޕްރޮސީޖަރވެސް ކުރިއަށް ގެންދެވުނު ކަމަށް ހަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

މި ސެންޓަރު ޤާއިމްކުރެވުމާއެކު، ކުރިން ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހުނު ގިނަ ފަރުވާތަކެއް މިހާރު ލިބެން ފެށުމާއެކު، ގިނަ އަދަދެއްގެ ދިވެހިންނަށް މީގެ ފައިދާ ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ