ޕޮލްކޯގެ މައްސަލަ މިހާރުވަނީ ނިމުމަކާހަމައަށް އައިސްފަ: ނާޒިމް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން ބަލަމުންދާ ޕޮލްކޯގެ ހާއްސަ އޮޑިޓްގެ މައްސަލަ ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށްް އެ މައްސަލަ ބަލާ ސަބްކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއިން ބަލަމުންދަނީ ފުލުހުންގެ ހައުސިން ޕްރޮޖެކްޓްގެ ހާއްސަ އޮޑިޓް ރިޕޯޓްގެ މައްސަލަ އެވެ.

އެ ސަބްކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއަދު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އެ މައްސަލަ ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ދެ ހަފުތާއެއްގެ ތެރޭގައި ޕޮލްކޯގެ މައްސަލަ ނިންމުމަށްފަހު މައި ކޮމިޓީއަށް ފޮނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޕޮލްކޯ މައްސަލައިގެ ތެރެެއިންވެސް ފާހަގަވީ އެޗްޑީސީގެ އިންޓެގްރިޓީއެއް ނެތްމިންވަރު ކަމަށާއި އެގޮތުން ކަންކަމުގައި އެޗްޑީސީގެ އެންމެ މައްޗަށް ގުޅައިގެން ނޫނީ ސައްހަ މައުލޫމާތު ލިބޭނޭގޮތެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިކަމުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއްގެ ބައިވެރިވުން އޮތުމުން ކަންކަން ހޯދުމުގައިވެސް ދަތިތަކެއް ކުރިމަތިވިކަން ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ އެޗްޑީސީގެ މައްސަލައިގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެޗްޑީސީއަށް ނުލިބިވާ ފައިސާގެ މައްސަލަ ބަލަމުންދަނިކޮށް އެ ކުންފުނީގެ މެނޭޖްމަންޓަށް ބަދަލުތަކެއް އައިކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ، ކަންކަން ވެރިފައިކޮށް މައުލޫމާތު ހިއްސާ ކުރުމަށް ވަގުތުއެރުވުމަށް އާ މެނޭޖްމަންޓުން އެދިފައިވާ ކަމަށެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓުންނެވެ.

”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓު ދިރާސާކުރާ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ މެންބަރު ނާޒިމް އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ