ހައްޖުގެ ކުރިން އުމްރާއަށް ދާ މީހުންނަށް ސައުދީގައި ތިބެވޭނީ މި މަހުގެ 29 އާ ހަމައަށް

Advertisement

އެންމެ ފަސް

Advertisement

ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރު ފެށުމުގެ ކުރިން އުމްރާ ވުމަށް ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ ގައުމުން ފައިބަން ޖެހޭނެކަމަށް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިން ވަނީ ކުރިއަށް އޮތް ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް ބަޔާންކޮށް ބަޔާނެއް ނެރެފައެވެ.
އުމްރާވެރިން އެ ގައުމުން ބޭރު ވުމަށް އަންގާފައިވާ ތާރީހަށް ބޭރުނުވެ ތިބި ނަމަ، އަދި އެކަން އެ ވުޒާރާއަށް ނާންގާ ނަމަ ގިނަވެގެން 100،000 ރިޔާލުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހައްޖު މޫސުމުގެ ކުރިން އުމްރާ ކުރުމަށް ދާ އުމްރާވެރިންނަށް އެ ގައުމަށް އެތެރެވެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަސް ކަމަށެވެ. އަދި އުމްރާވެރިން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސައުދީ އަރަބިއްޔާ އިން ބޭރުވާން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ތާރީހަށް ފަހު ސައުދީ އަރަބިއްޔާގައި އުމްރާވެރިން ތިބޭ ނަމަ އެއީ އެ އަމަލަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އުމްރާވެރިންނާއި އުމްރާވެރިން ސަައުދީ އަރަބިއްޔާއަށް ގެންގޮސްދޭ ޖަމާއަތްތަކުން އެ ތާރީހުތަކަށް ސަމާލުކަން ދީ ގަވާއިދާއި އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދިފައި ވެއެވެ.

 

ހައްޖު އުމްރާ ސައުދީ އަރަބިއްޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ