އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށް ދަރިވަރުންނަށް ފޮތްތައް މި އަހަރު ޑިސްޓްރިބިއުޓް ކުރެވިފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގަ އެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިއަދުވެސް އެކި ސްކޫލްތަކުން ބަދަލުވުމަށް 12 ރިކުއެސްޓް ލިބިފައިވާ ކަމަށާއި، މީގެ ތެރޭގައި އިންޓަނޭޝަނަލް ސްކޫލްތަކުން ޕަބްލިކް ސްކޫލްތަކަށް ބަދަލުވާން އެދޭ ދަރިވަރުން ހިމެނެ އެވެ.
”ވަރަށް ގިނަ ފޮތްތައް ވަރަށް ބޮޑު ބަންދަކަށްފަހު އަޅުގަނޑުމެންނަށް ޑިސްޓްރިބިއުޓް ކުރެވިފައި މިވަނީ، އެހެންވީމާ ފަހަރުގައި ސްކޫލްގައި ފޮތް ހުރި ކަމުގައި ވިޔަސް ދެން ބެލެނިވެރިޔާ ހަމައަށް ފޮތް ނުގޮސް ހުރެދާނެ،“ މިނިސްޓަރ ވިދާޅުވި އެވެ.
އެޑްމިޝަން ޕްރޮސެސް ނިމުމާއެކު، ބައެއް ދަރިވަރުންގެ އަތުގައި ފޮތްތައް ނުހުރެދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. ނަމަވެސް، އެންމެ ލަސްވެގެންވެސް ޕްލޭސްމަންޓް ކަށަވަރުވާ ހިސާބުން ސްކޫލްތައް މެދުވެރިކޮށް ދަރިވަރުންނަށް ފޮތްތައް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިހާ ހިސާބަށް ހުރިހާ ދަރިވަރުންނަށްވެސް ފޮތްތައް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އަދި އެންމެ ލަސްވެގެން މިއަދު ހުރިހާ ދަރިވަރުންނަށް ފޮތްތައް ޑިސްޓްރިބިއުޓް ކޮށް ނިންމުމަށް ހުރިހާ ޕްރިންސިޕަލުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން