ރޯދަމަހު ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރެވޭ ގަޑި އިތުރުކޮށްފި އެވެ.
މިކަން އިއުލާންކުރައްވާފައިވަނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހަލީމްގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމައިފި“ އެވެ.
މީގެ ކުރިން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން ބައްދަލުކުރުމަށް ޒިޔާރަތްކުރެވެނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ. ނަމަވެސް މިހާރު މި ވަގުތު ވަނީ ރޭގަނޑު 10:30 އާ ހަމައަށް އިތުރުކޮށްފަ އެވެ.
މި ބަދަލާއެކު ރޯދަވީއްލުމަށްފަހު ވެސް ބަލިމީހުން ބައްދަލުކުރުމަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާނެއެވެ. މިއީ ޚާއްސަކޮށް މަސައްކަތު ގަޑީގައި އުޅޭ ފަރާތްތަކަށް ލުއިފަސޭހަވެގެންދާނެ ބަދަލެއް ކަމަށް ބެލެވެއެވެ.
ރަމަޟާން 1446 އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް