ދަނޑުވެރިންގެ މައުލޫމާތު އެއްކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ދަނޑުވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެގްރިކަލްޗަ މިނިސްޓްރީން ފަށައިފި އެވެ.

އެގޮތުން މިކަމާ ގުޅިގެން އެގްރިކަލްޗަ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން ކުރިޔަށް ގެންދަނީ ދަނޑުވެރިކަން ކުރާ މީހުންގެ އަދަދާއި ހައްދާ ގަހުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

ދަނޑުވެރިކަމުގެ ޑޭޓާ އެއްކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް މިނިސްޓްރީން މަޝްވަރާކުރި އެވެ. ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން މިހާރު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދަނޑުވެރިކަމަށް ހާއްސަ ކުރެވިގެން އިޤްތިސާދީ ޒޯނެއް މި އަހަރުތެރޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ދަނޑުވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓްރީން ވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާވެސް މަޝްވަރާކޮށްފަ އެވެ.

އެގޮތުން މިކަމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އެ ބިއުރޯއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ