މެންބަރު މީކާއިލްގެ ނަން އިއްވާ ތަޅުމުން ނެރެފި

Advertisement

އެންމެ ފަސް

Advertisement

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދަނީކޮށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ ތަޅުމުން ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު ވަނީ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެފަ އެވެ.

މިނިސްޓަރު ޖަވާބުދާރީވަމުންދިޔައިރު މެންބަރު މީކާއިލް ވަނީ ނިޒާމީ މައްސަލަ ނެގުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ފުރުސަތު ރިޔާސަތުން ނުދިނުމުން ތަކުރާރުކޮށް ތަޅުމުގައި އަޑުގަދަކުރައްވާފައިވެ އެވެ.

މަޖިލިސް ތަޅުމުގައި މެންބަރު މީކާއިލް އަޑުގަދަކުރައްވާތީ، އެކަން ނުކުރެއްވުމަށް ތަކުރާރުކޮށް ރިޔާސަތުގައި އިންނެވި ރައީސް އަބްދުއްރަހީމް އެދިވަޑައިގަތެވެ. ނަމަވެސް މީކާއިލް އެކަން ހުއްޓާނުލާ ކުރިއަށް ގެންދެވުމުން އެންމެފަހުން ވަނީ ނަން އިއްވާ ތަޅުމުން ނެރެފަ އެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ