މީދުއާއި ބަނޑިދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މީދޫއާއި ދ. ބަނޑިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި އެވެ.

މިއަދު މީދު އަދި ބަނޑިދޫގައި ވަކިވަކިން ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޚިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ރަށުގައި އަޅުގަނޑުމެންގެ އައު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޤާއިމްކުރުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް“ ކަމަށެވެ. އަދި މި ޚިދުމަތާއެކު ރައްޔިތުންނަށް މުހިންމު މާލީ ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމްކޮށްފައިވާ ބޭންކެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 155 އޭޓީއެމް މިހާރު ވަނީ ޤާއިމްކޮށްފަ އެވެ. މީގެއިތުރުން އޭޖެންޓު ބޭންކިންގ ޚިދުމަތާއި ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ވެސް ބޭންކުން ފޯރުކޮށްދެ އެވެ.

ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އީޖާދީ ބޭންކިންގ ޙައްލުތަކެއް ޤާއިމްކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ދ. ބަނޑިދޫ ދ. މީދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ