ރޯދަ މަހު ކަރަންޓާ ފެން ބިލުން ޑިސްކައުންޓް ދޭނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ރޯދަ މަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފި އެވެ.

ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު އއ. މަތިވެރީގައި ވާހަކަފުޅު ދައްކަވަމުން ވެސް މިކަން އިޢުލާނުކުރައްވާފައިވާނެ ކަމަށެވެ.

ކުރީ ރަމަޟާން މަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާން މަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަން އެގޮތަށް ކުރިއަށްގެންދާނަން.

މީގެއިތުރުން، ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ކުރައްވާ މަސައްކަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދެ އެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ ވިސްނަންޖެހޭކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް މިދިޔަ އަހަރުވެސް ސަރުކާރުން ދިން ޑިސްކައުންޓެކެވެ. މިއީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ދިން ޑިސްކައުންޓެއްކަމަށް ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަމަޟާން 1446 ކުޑަހުވަދޫ އެމްޑަބްލިއުއެސްސީ ފެނަކަ ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ