އާބަން ސެންޓަރުތައް ކަނޑައެޅީ ނަމެއްގައެއް ނޫން، ވައުދު ފުއްދާނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމަށް ވައުދުވެ ވަޑައިގެންނެވީ ނަމެއްގައި ނޫން ކަމަށާއި އެތަންތަން ތަރައްގީކޮށް ވައުދުފުޅު ފުއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު ފެއްޓެވި ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ނަމެއްގައި ވައުދު ވެފައިވާ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތްތާވެސް ނަމެއްގައި ވައުދެއް ނުވާނެ ކަމަށެވެ.

އެއީ ނަމެއްގައި ކުރި ކަމެއް ނޫން. އަޅުގަނޑެއް ވައުދެއް ނުވާނަން، ނުވެސް ވަން، އަދި ނުވެސް ވާނަން ނަމެއްގަ އެއް. ހިތުގެ ހަމަ އެންމެ ފުން މިނުން އެކަމެއް ކުރުމުގެ އަޒުމުގަ، ނިޔަތުގަ އަދި ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާ އެކީގައި ނޫންނިއްޔާ ރައްޔިތުންނާ އަޅުގަނޑެއް މުހާތަބެއް ނުކުރާނަން.

ކުޑަހުވަދޫއަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމި ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ވައުދު ފުއްދުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީ އެންމެ މަތީ ފެންވަރަށް ހުރިހާ ދާއިރާއެއްގެ ކަންކަން ތަރައްގީ ވެގެން ދާނެ ރަށެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ތަސައްވުރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރަން ބޭނުންވާނަ އެއްފަސް ކުރުމަކީ ކުރަން ޖެހޭ ކަމެއްކަމަށާއި ކުޑަހުވަދޫ ތަރައްގީ ކުރާނީ އެރަށުގެ ރައްޔިތުންގެ އިގްތިސޯދީ ކުރިއެރުމާއި އިޖްތިމާއީ ދުޅަހެޔޮކަމަށް ފުރިހަމަކަން ގެނެސްދިނުމާ އެކުގައި އެރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ