އާރުއޭސީއެލްގެ އެމްޑީ ފެނަކައިގެ ޑީއެމްޑީއާއި ބައްދަލު ކުރަށްވައިފި 

Advertisement

އެންމެ ފަސް

Advertisement

ރިޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން އާއި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުލް ކަރީމް އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އާރުއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ފަރެސްމާތޮޑާ އަދި މުލީ އެއަރޕޯޓުގެ ޔުޓިލިޓީ ރިކުއަރމަންޓްތަކާ ގުޅޭ ކަންކަމުގެ މައްޗަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ އިސް އެހެން މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަރެސްމާތޮޑާ އަދި މުލީ އެއަރޕޯޓަކީ އާރުއޭސީއެލްގެ ދަށުން ތަރައްޤީކުރަމުންދާ ދެ އެއަރޕޯޓެވެ. މި ދެ އެއަރޕޯޓުގެ ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ފެނަކަ ކޯޕަރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް ވުމާއެކު، މި ބައްދަލުވުމަކީ އެ ދެ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކަށް މުހިންމު ބައްދަލުވުމެކެވެ.

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ