ރާއްޖޭގައި ޑަޔަލަސިސްގެ ފަރުވާ ހަރުދަނާކުރުމަށް މެޑްޓެކް މޯލްޑިވްސްގެ އިސްނެގުމާއެކު ހީމޯޑަޔަލަސިސްގެ ޚާއްސަ ކޮންފަރެންސެއް ފަށައިފި އެވެ.
މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރެވެ. އަދި މި ކޮންފްރެންސަކީ މެޑްޓެކް މޯލްޑިވްސްއިން ޖަޕާނުގެ ނިޕްރޯ ކޯރޕަރޭޝަނާއި، ރާއްޖޭގެ ނެފްރޮލޮޖީ އެކްސްޕާޓުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އޭޑީކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެ އެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ރޭނަލް ހެލްތު ސަރވިސަސްގެ ސީނިއަރ ކޮންސަލްޓަންޓް އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ބެހްރާމް އޭ. ޚާން، އޭނާގެ ތަޖުރިބާއާއި، އަމިއްލައަށް ޑަޔަލަސިސްގެ ކަންކަން ކުރިއަށްގެންދިޔުމުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށް މެޑްޓެކް އިން ބުނެ އެވެ.
”ހީމޯޑަޔަލިސިސް ކޮންފަރެންސް“ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭ 100 ނަރުހުން ތަމްރީންކުރުމަކީ މެޑްޓެކްގެ އަމާޒެކެވެ.
އައިޖީއެމްއެޗް އޭޑީކޭ ހޮސްޕިޓަލް މިނިސްޓްރީ އޮފް ހެލްތް މެޑްޓެކް ޓްރީޓޮޕް ހިސްޕިޓަލް