ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ތަހުގީގު ކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނެފައިވާ ގޮތުގައި، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ގާތްތިމާގެ މީހުން ވަނީ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުންތަކެއް އެ ކޮމިޝަނާ ހިއްސާކޮށްފަ އެވެ. މި ސަބަބަށްޓަކައި، މައްސަލައާ ގުޅުންހުރި އިދާރާތަކުން ޢަމަލުކުރަމުންދާ ގޮތް ބެލުމަށް އެޗްއާރްސީއެމުން ވަނީ މައްސަލަ ތަޙުޤީޤުކުރަން ފަށާފަ އެވެ.

އެޗްއާރްސީއެމުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅުންހުރި މަޢުލޫމާތާއި ލިޔެކިޔުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި، ލިބިފައިވާ މަޢުލޫމާތުތައް ކޮމިޝަނުން ދަނީ ދިރާސާކުރަމުންނެވެ.

ނ. ހޮޅުދޫ، ނިއުލައިފް އަށް ނިސްބަތްވާ، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، އޭނާ ދިރިއުޅުނު ގެއިންނެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވަ އެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނ. ހޮޅުދޫ އެޗްއާރްސީއެމް ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ