ކާނާ ވިހަވެގެން އެޑްމިޓް ކުރި މީހުން ދޫކޮށްލައިފި، އަނބުރާ ޑިޓެންޝަނަށް

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހުންނަ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުން ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުން ދޫކޮށްލުމުން އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިއްބާ ކާނާ ވިހަވެގެން ރޭ 17 ބިދޭސީއަކު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ.

އިމިގްރޭޝަނުން މިއަދު ޖަވިޔަނި ނޫހަށް މައުލޫމާތު ދެމުން ބުނީ މިހާރު ހުރިހާ އެންމެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އެ މީހުން ދޫކޮށްލުމުން އަނބުރާ ޑިޓެންޝަނަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް، މި ހާދިސާ ހިނގަން ދިމާވި ސަބަބާއި، ކޮން ބާވަތެއްގެ ކާނާއެއް ކެއުމުން މިކަން ދިމާވީކަން އަދި ސާފުވެފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގުމުން ފުލުހުން ވަނީ ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އަދި އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ރޭ ދީފައިވެ އެވެ.

އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބެނީ އިމިގްރޭޝަން ގާނޫނާ ހިލާފުވުމުގެ ސަބަބުން ރާއްޖެއިން ޑިޕޯޓްކުރުމަށް ހައްޔަރުކޮށްފައި ތިބޭ ބިދޭސީންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ބިދޭސީން އިމިގްރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ