ރަމަޟާން މަހު ކޮޅުފުށީގައި ދީނީ ކުއިޖް މުބާރާތަކާއި، މަދަހަ މުބާރާތެއް

Advertisement

އެންމެ ފަސް

Advertisement

މ. ކޮޅުފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދީނީ ކުއިޒް މުބާރާތް މިއަހަރުގެ ރަމަޟާން މަހުގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަލީމް ވިދާޅުވެއްޖެ އެވެ.

”ޖވިޔަނި“ އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ވދާޅުވި ގޮތުގައި މި ކުއިޒްގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޮވައި، އެފަރާތަކަށް އިނާމު ދެވޭނެ އެވެ. އަދި މުޅި ރޯދަމަހުގެ ނަސީބުވެރި ފަރާތެއްވެސް ހޮވައި، އެފަރާތަކަށް ޚާއްސަ އިނާމެއް ދެވޭނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ރަމަޟާން މަހުގެ ހަރަކާތްތަކުގެ ތެރޭގައި މަދަހަ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ އެއްވަނައަށް 1,500 ރުފިޔާ، ދެވަނައަށް 1,000 ރުފިޔާ އަދި ތިންވަނައަށް 700 ރުފިޔާ ލިބިދެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ރަމަޟާން މަހުގެ މެދުތެރޭގައި ދީނީ ދަރުސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ދަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރަމަޟާން މަހު ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުން، ކާށި ބޭނުންވާ ފަރާތްތަކަށް ކާށި ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ރަމަޟާން 1446 މ. ކޮޅުފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ