މ. ކޮޅުފުށީ މަގު ހެދުމުގެ މަޝްރޫ އާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި ދެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެ މަޝްރޫއު ފެށުމަށް ހާއްސަ ދެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ދެ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒު އެވެ.
މިއަދު އެންމެ ފުރަތަމަ ފަށާފައިވަނީ ކޮޅުފުށީ މަގު ހެދުމުގެ މަޝްރޫ އެވެ. މި މަޝްރޫ ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަރިހުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް، އާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް ގެ އިތުރުން ކައުންސިލްގެ ރައީސް އަބްދުﷲ އަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫ އަކީ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫ އެކެވެ. މި މަޝްރޫގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު އެވެ. އަރިހުގައި މުލަކު ދާއިރާގެ މެންބަރު ނައުފަލް، އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީގެ އިތުރުން ކޮޅުފުށީ ކައުންސިލްގެ ރައީސް އަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މ. ކޮޅުފުށި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު