ކޮޅުފުށީގައި އިމާރާތްކޮށްފަވާ ރޯހައުސްތަކުގެ މަސައްކަތް ނިމިއްޖެ: ހައުސިން މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އެ ރީހައުސްތައް ވީއެންމެ އަވަހަކަށް ރައްޔިތުންނާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ހައުސިން މިނިސްޓްރީ) އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ގެތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ނިންމުމަށްފަހު ވަރަށް އަވަހަށް ރައްޔިތުންނާ ހަވާލުކުރެވޭނެ އެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް އަލީމް ވިދާޅުވި ގޮތުގައި، ”ގެތަކަށް މީހުންނަށް ނުވަދެވި ލަސްވަނީ ގެތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތްތައް ނުނިމިގެން“ ކަމަށެވެ. މިހާރު ވަނީ ފެނާއި ނަރުދަމާއާއި ކަރަންޓު އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ރޯހައުސްއަކީ 1200 އަކަފޫޓުގެ ބޮޑު ގެތަކެކެވެ. ކޮންމެ ގެއެއްގައި ތިން ކޮޓަރިއާއި ތިން ފާޚާނާގެ އިތުރުން، ސިޓިންގރޫމް، ބަދިގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނެ އެވެ.

މި މަޝްރޫޢުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ވަނީ ވަގުތީގޮތުން މެދުކެނޑިފަ އެވެ. އެހެންކަމުން، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ މަސައްކަތް އަލުން ހަވާލުކުރެވުނެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަށް މިހާތަނަށް 121 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން ބުނެފައިވަނީ ޔުޓިލިޓީ ޚިދުމަތްތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ގެތައް އަވަހަށް ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށެވެ.

މ. ކޮޅުފުށި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ