ކޮޅުފުށީގައި އިތުރު 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

މ. ކޮޅުފުށީގައި މިހާރު އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކުރުމަށްފަހު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިންގ ޔުނިޓް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަ ކުރެއްވީ އެމަނިކުފާނު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮޅުފުށި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ޔުނިޓްތަކުގެ ކުލި 5،000 ރުފިޔާއިން 3،333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”މިރަށަށް ގެދޮރުވެރިކަމުގެ އިތުރު މަސައްކަތްތައް ބޭނުންވޭ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިންގ ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަމިއްލަ ގޯތީގައި މި މަޝްރޫގެ ދަށުން [ގެދޮރު] އަޅަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދޭނަން،“ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި ސްކޫލްގައި ލައިބްރަރީއާއި ހެލްތް ރޫމް ހިމެނޭ އިތުރު ވަސީލަތްތައްވެސް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރަށު ރައްޔިތުން ވަނީ އެ ސަރަހައްދުގައި ހުއްޓިފައިވާ ޓުއަރިޒަމް މަޝްރޫޢުތަކާއި، މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިފަ އެވެ. މި ކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ރަށުގައި ފުޓުބޯޅަ ދަނޑަކާއި ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން މ. ކޮޅުފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ