އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

ވަކީލުކަމާ އަލަށް ގުޅުނު ވަކީލް ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ، އެމަނިކުފާނަކީ މިހާރު ދުވަސްވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ޖަލްސާއަކުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މުއުތަސިމް އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ޑިސެމްބަރު 8 ވަނަ ދުވަހު އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޤާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ތަސްދީޤުކުރެއްވި ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް އިންނެވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ