ދުސްތޫރީ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައިފި، އިއުތިރާޒާމެދު ގޮތެއް ނިންމާނީ ފަހުން

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކުރިއަށް ގެންދިއުމަށާއި ދައުލަތުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާމެދު ފަހުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ.

މި މައްސަލައިގައި އަޑުއެހުން މިއަދު ކުރިއަށް ގެންދިޔައިރު، ދައުލަތުން އިއްޔެ ފާހަކަކުރި އިޖުރާއީ އިއުތިރާޒާ ގުޅިގެން ފަނޑިޔާރުންގެ ސުވާލުތަކަށް މައްސަލަ ހުށަހެޅި ފަރާތުން އަދި ދައުލަތުންވެސް ޖަވާބުދާރީވެފައިވެ އެވެ.

އިޖުރާއީ އިއުތިރާޒާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވަނީ، މައްސަލައިގައި ހުކުމް ކުރާއިރު އިޖުރާރީ އިއުތިރާޒާމެދު ގޮތެއް ނިންމުމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށްވެސް ފަނޑިޔާރުން ނިންމެވި އެވެ. އެހެންކަމުން މައްސަލައިގައި ޖަވާބުދާރީ ވުމަށް ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.

އިއްޔެ ދައުލަތުން ފާހަގަކުރި އިޖުރާއީ އިއުތިރާޒުގައި ބުނެފައިވަނީ ޤާނޫނުއަސާސީ އިސްލާހުު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށާއި ޤާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ގޮތް އަދި އިސްލާހު ނުގެނޭވެ ހާލަތްތައް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާހު ފާސްކޮށްފައިވަނީ އިޖުރާއަތުތައް ފުރިހަމަ ކުުރުމަށްފަހު އަދި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިޖުރާއަތުތައް ފުރިހަމަކޮށް އަދި އިޖުރާއަތުތަކާ އެއްގޮތަށް ކުރިއަށްގެންގޮސްގެން ޤާނޫނުުއަސާސީއަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. އަދި މިކަހަލަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ މާނައިގެ ތެރެއަށް ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ފުލް ބެލްޗުންނެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ