ގާނޫނުއަސާސީ އިސްލާހުކުރީ އިޖުރާއަތާ އެއްގޮތަކަށް ނޫން: އަލީ ހުސައިން

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ އަދި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު، މިއަދުގެ އަޑުއެހުމެއްގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި އިޖުރާއަތާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ސުވާލު ކޮށްފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، ބަލާބެލުމަށް އިޖުރާއަތުތައް ފުރިހަމަ ކުރި ކަމަށް ފެނުނުނަމަވެސް، އެއް ދުވަހެއްގައި ޤާނޫނުއަސާސީއަށް ބޭނުންވާ އިސްލާހު ހުށަހަޅާ، މަޖިލީހުގައި 3 ކިޔުން ހިންގާ، މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަކީ ޤާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރު، އަދި މަޝްވަރާ ކުރުމުގެ އުސޫލަށް ބެލިނަމަވެސް އިޖުރާއަތުތަކާ އެއްގޮތަށް ފާސްކުރިކަމަށް ބެލެވޭނޭ ޖާގަ ނެތް ކަމަށެވެ.

މީގެއިތުރުން ފަނޑިޔާރު މަހާޒް ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފިނަމަ އެއީ ކޯޓަށް ނެތް ބާރެއް ބޭނުންކުރުން ކަމަށް ވެދާނެތޯ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، ކޯޓަކަށް ނުބެލޭނެކަހަލަ މައްސަލައެއްވާނަމަ އެކަން ޤާނޫނުތަކުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ މިމައްސަލައިގައި އުފައްދާފައިވަނީ ދުސްތޫރީ ސުވާލެއް ކަމަށާއި މި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އަދި ޤާނޫނުގެ މާނައިގައި ޤާނޫނުއަސާސީ ނުހިމެނޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ދުސްތޫރީ މިފަދަ މައްސަލައެއް އުފެދުމުން ދާނެ އެހެން ކޯޓެއް ނޯންނާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ރާއްޖޭގެ އޮތީ މިނިވަން ތިން ބާރުކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަދި މެންބަރުންނަކީ މިނިވަން ބައެއް ކަމަށާއި އެހެންނަމަވެސް އެ މީހުން ވޯޓުލާންޖެހޭގޮތް އަދި ދައްކަންޖެހޭ ވާހަކަ ސިޔާސީ ޕާޓީން ބުނެ އެގޮތަށް އަމަލުކުރަންޖެހޭނަމަ ރައްޔިތުންގެ ބާރު ކެނޑޭ ކަމަށެވެ.

އަލީ ހުސެއިން މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ