މޯލްޑިވިއަންގައި ހައްޖުވެރިން އުފުލުމުން ޚަރަދު ބޮޑުތަނުން ކުޑަވާނެ: ޝަކީލް

Advertisement

އެންމެ ފަސް

Advertisement

މި އަހަރު ރާއްޖޭން ހައްޖަށްދާ މީހުން ގެންދަން މޯލްޑިވިއަން އާއި ހައްޖު ކޯޕަރޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހަރަދު ބޮޑުތަނުން ކުޑަކުރެވިގެންދާނެކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ހައްޖު ދަތުރުފަތުރަށް ހިނގާ ޚަރަދުން 3.4 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. އަދި ކުރިމަގުގައި ހުރިހާ ހައްޖުވެރިންވެސް މޯލްޑިވިއަން އެއަރލައިންސް މެދުވެރިކޮށް ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން، 1446 ވަނަ އަހަރުގެ ހައްޖަށް ދާ ހައްޖުވެރިން އުފުލުމަށް މޯލްޑިވިއަންގެ ފްލައިޓްތައް ޗާޓަރުކުރެވޭނެ އެވެ. ސަޢޫދީ އަރަބިޔާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ 50 އިންސައްތަ (500 ހައްޖުވެރިން) ދިވެހި ޤައުމީ އެއަރލައިން މެދުވެރިކޮށް އުފުލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ޝަކީލް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު ދެ މަޤްޞަދެއް ވެއެވެ. އެއީ ޤައުމީ އެއަރލައިން ބޭނުންކުރުމާއި ޚަރަދު ކުޑަކުރުމެވެ. ”މި އަހަރު 500 ހައްޖުވެރިން މޯލްޑިވިއަން މެދުވެރިކޮށް އުފުލުމުން 3.4 މިލިއަން ރުފިޔާގެ ޚަރަދު ކުޑަވެގެންދާނެ. އެހެން ނޫންނަމަ، ސަޢޫދީ އެއަރލައިނަކުން ހައްޖުވެރިން އުފުލަން ޖެހުނީނަމަ މި ޚަރަދު ކުރަން ޖެހޭނެ,“ ޝަކީލް ވިދާޅުވި އެވެ.

މިއީ މޯލްޑިވިއަނުން މީހުން ހައްޖަށް ގެންދާ ފުރަތަމަ ފަހަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އައިލެންޑް ބެވަރޭޖް މޯލްޑިވްސް މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ