މި އަހަރުގެ ރަމަޟާން މަހުގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް އިއުލާންކޮށްފި އެވެ.
އެ ކޯޓުން މިއަދު ވަނީ ކުރިއަށް އޮތް ރޯދަމަހުގެ އިތުރުން ޝައްވާ ލުމަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައްވެސް އިއުލާން ކޮށްފަ އެވެ.
އެގޮތުން މިއަހަރު ރޯދަ މަހުގައިވެސް ކޯޓުން ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ވަގުތުތަކަކީ ހެނދުނު 09:30 އިން 12:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 23:00 އާއި ހަމައަށެވެ.
ހަފުތާ ބަންދުގައި އެ ކޯޓުގައި ކައިވެނިކޮށްދޭން ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަހު 21:30 އިން 23:30 އަށް އަދި ހޮނިހިރު ދުވަހު 13:00 އިން 14:00 އަށެވެ.
އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް 21:30 އިން 23:30 އަށެވެ.
ފެމިލީ ކޯޓުން މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެ އެވެ. އެ ކޯޓުން ވަނީ މި އަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭ ގޮތަށް ވަނީ ނިންމާފަ އެވެ.