ބްރޯޑްކޮމް މެންބަރު މުހަންމާ ފަސް މިލިއަނުގެ ދަރަންޏެއް އަދާކުރަން ހުކުމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް، ކޮންމެ މަހަކު މަދުވެގެން 83،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ބޭންކުން އެދިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާއާއި، އަރަމުންދާ އިންޓްރެސްޓް އަދި ޖޫރިމަނާއާ އެކު، ކޮންމެ މަހަކު މަދުވެގެން 83،000 ރުފިޔާ ދައްކަމުން ގޮސް 2036 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ދަރަނި އަދާކުރުމަށެވެ.

މި ލޯނަށް ރަހުނުކޮށްފައިވާ ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް ބޭންކުން އެދުނު ނަމަވެސް، ދަރަނީގެ ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވެފައިވާތީ، އެ ފުރުސަތު ދިނުމަށް ބޭންކުން ޝަރީއަތުގައި އެދުމާ ގުޅިގެން ކޯޓުން ވަނީ އެގޮތަށް ނިންމާފައެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން، މުހަންމާ ވެސް ވަނީ ބޭންކުން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ދައްކައި ދަރަނި އަދާކުރާ ގޮތަށް މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ. މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގަ އެވެ.

މުހައްމަދު އަބްދުﷲ (މުހަންމާ) މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ