އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވަމުންދޭ: މުހައްމަދު އިސްމާއިލް

Advertisement

އެންމެ ފަސް

Advertisement

އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުމަށާއި، ޤައުމުގެ ނިންމުންތައް ނިންމާ ފެންވަރުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޕީ އިސްމާޢީލް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް މިހާރު ލިބެމުންދާ އިނާޔަތްތައް އިތުރުކުރަން ޖެހޭކަމަށެވެ. އަދި ރޯދަމަހުގެ އިނާޔަތަކީ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށްވެސް ލިބެންޖެހޭނެ އެއްޗެއްކަމަށް ރައީސް މުޢިއްޒުވެސް ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވި އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަކީ ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ބަލައިގަނެ، އެކަމަށް ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލެވިފައިވާކަން އެމްޕީ އިސްމާޢީލް ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑަބްލިއުޑީސީގެ މެންބަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތަޢުލީމީ ފެންވަރު މަތިވެ، ޤައުމަށާއި ރަށަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ޤާބިލް ބޭފުޅުން މި މަޤާމުތަކަށް ކުރިމަތިލައްވާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހެޔޮލަފާ، ނަޒާހަތްތެރި ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޤާނޫނުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމްޕީ އިސްމާޢީލް ޝުކުރު އަދާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ