ލ. އަތޮޅުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ގަމު ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ލ. ގަމުގައި އުފެދޭ ކުނި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ނައްތާލުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެމްކޯއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަންނަ ހަފްތާއިން ފެށިގެން ގަމުގައި ޢަމަލީ ގޮތުން ކުނި ނެގުމުގެ މަސައްކަތް ފެށިގެންދާނެ އެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ، ”މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަމު ކައުންސިލުން ދެއްވި އެއްބާރުލުމާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ކުރެއްވި ބުރަ މަސައްކަތް“ ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.
ވެމްކޯ އިން މިހާރުވެސް އަންނަނީ ރާއްޖޭގެ ހުރިހާ ސިޓީއެއްގައިވެސް ކުނި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ލ.ގަން