މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބުނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ.
ލުބުނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ލުބުނާ ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަން ފަށައި މިވީ މުއްދަތުގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 100 އަށްވުރެ ގިނަ މީހުން ފަރުވާއަށް ގެންގޮސްފައިވާ ކަމަށާއި ކުރިން މި މަސައްކަތް މާލޭގައި އެކަނި ކުރިނަމަވެސް، މިހާރު އަތޮޅުތަކަށް ވެސް މި މަސައްކަތް ފުޅާކޮށްފައިވާ ކަމަށެވެ.
ފަރުވާއަށް މީހުން ވެއްދުމުން، އޯވަރޑޯޒްއަށް ޖާގަ ހަނިވާ ކަމަށާއި، ފަރުވާއަށް ނަގާ ދުވަހުން ފަށައިގެން ނަފްސާނީ އިވަލުއޭޝަންތައް ހަދައި މެޑިކަލް ފަރުވާއާއި ކައުންސިލިން ފަށާ ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ.
ލުބުނާ ވިދާޅުވީ ރިކަވަރީ ސަޕޯޓް އެންޑް އާފްޓާ ކިޔާ ވަރަށް ވަރުގަދަކޮށް ރީއިންޓަގްރޭޝަން ސެކްޝަން އެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ:
- މަސްތުވާތަކެތީގެ ފަރުވާ ނަގާފައި ތިބި ކުދިން މޮނިޓާ ކުރުން
- އެ މީހުންގެ ކަންތައްތައް އާފްޓާ ކެއާގެ ގޮތުގައި ބަލަމުން ގެންދިއުން
- އިތުރުން މަސްތުވާ ތަކެތީގެ ފަރުވާ ނިމުމާއެކު އަދި ފަރުވާގެ ތެރޭގައި އުޅޭ އިރު ވެސް އެ މީހުން ހުނަރު ޕްރޮގްރާމް ގެތެރެއަށް ހިމެނުން
- ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ކުރުން
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން މަސްތުވާތަކެތި
