މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ އިސްމާއިލް ފަޔާޟް، ހ. ފީޗްމެލްބާ / މާލެ، (37އ) އަދި އަޙްމަދު ނިޢުޝާދު، ބޮންތި / ތ. މަޑިފުށި (37އ) އެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހޯދަން އިއުލާންކޮށްފައި ވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

ފުލުހުން އެންގީ އަޙްމަދު ނިޢުޝާދު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، ފެބްރުވަރީ 5 ވަނަ ދުވަހުގެ 16:30 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރު ވުމަށެވެ.

އަދި އިސްމާޢީލް ފަޔާޟް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، ފެބްރުވަރީ 6 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރު ވުމަށެވެ.

މަކަރާއި ހީލަތް ހެދުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ