ކުޑަކުއްޖެއްގެ ގައިގައި އަލިފާން ރޯވެ، ފަރުވާ ދެނީ

Advertisement

އެންމެ ފަސް

Advertisement

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި އަލިފާންރޯވެ، ފިހުމާއި ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެކަމުގެ މައުލޫމާތު ހޯދައި، މިމަހުގެ 23 ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އެކުއްޖާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން ގެންދާ ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ