ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ކުންދަރާ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަރުހަބާ ކިޔުއްވައިފި އެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީގެ އިތުރުން، މަޓާޓޯގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރ ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އަނެއްކާވެސް ޝިލްޕާއާ ބައްދަލުވުމަކީ ލިބުނު އުފަލެއް“ ކަމަށެވެ.
ޝިލްޕާ މިފަހަރު ރާއްޖޭގައި މަޑުކުރައްވަނީ ޖުމެއިރާ އޮޅަހަލި އައިލެންޑުގައެވެ.
ޖުމެއިރާ އޮޅަހަލި އައިލެންޑުގައި ހޭދަކުރަމުންދާ ޗުއްޓީގައި ޝިލްޕާ ވަނީ ސޫޝީ ތައްޔާރުކުރުމާއި، ޖެޓް ސްކީ ދުއްވުމާއި، ސަބްމެރިން ދަތުރު ފަދަ ތަފާތު ޙަރަކާތްތައް ތަޖުރިބާކުރައްވާފައެވެ. އަދި މި ތަޖުރިބާތަކާ ގުޅިގެން ޖުމެއިރާގެ މުވައްޒަފުންނަށް ޝުކުރުވެސް އަދާކުރައްވާފައިވެއެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ޝިލްޕާ ޝެޓީއާ ބައްދަލުކުރައްވައި، އެކުގައި ވަގުތުކޮޅެއް ހޭދަކުރެއްވުމުގެ އިތުރުން ފޮޓޯ ނަންގަވާފައިވެއެވެ.
ރާއްޖެ - އިންޑިއާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ފަތުރުވެރިކަން


