600 އަށްވުރެގިނަ ފަތުރުވެރިންނާއިއެކު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ކްރޫޒްލައިނާ ސީޒަން ފެށުމާއިއެކު މިއަދު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 1،045 ކުރޫއާއި ފަސިންޖަރުންނަށް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ، ’އަޒަމަރާ ޕާސުއިޓް‘ އިން އައި ފަތުރުވެރިންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކާމިޔާބު ކަމާއެކީ ކްލިއަރެންސް ދީފައިވާ ކަމަށެވެ.

އެގޮތުން، މި ކުރޫޒްލައިނާގައި ތިބީ 649 ފަސިންޖަރުންނާއި 396 ކްރޫއިންނެވެ.

އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާ ރާއްޖެއައީ، މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެން ކަމަށެވެ. އަދި މިއީ، އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން އަންދާޒާ ކުރާ ގޮތުގައި، ’އަޒަމަރާ ޕާސުއިޓް‘ ކިޔާ އެ ކްރޫޒްލައިނާއިން ކްރޫއިންނާއެކު، 1،140 ފަތުރުވެރިން އަންނާނެ އެވެ.

މާޔާއިން ބުނީ، ދެވަނަ ކްރޫޒްލައިނާ އަންނަނީ ޑިސެމްބަރު 17ގައި ކަަމަށާއި، ’އޯޝަން ސައިރީނާ‘ ކިޔާ ކްރޫޒްލައިނާއިން ގާތްގަނޑަކަށް 1،175 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ކްރޫޒްލައިނާތައް މެދުވެރިކޮށްވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރާތްކުރާއިރު، ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އިމިގްރޭޝަން ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ