މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
”1 ޝައުބާން އެއީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޝަހީދުންގެ ދުވަސް. މި ދުވަސް މީލާދީން މި އަހަރު ދިމާވަނީ މި ޖަނަވަރީ މަހުގެ 31 ވަނަ ދުވަސް. މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ހަރަކާތްތަކެއް ރޭވެމުން އެބަދޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، މި ހަރަކާތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ. ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރު އެ ދުވަސް ދިމާވަނީ މީލާދީ ކަލަންޑީ ކަލަންޑަރުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.
މި ދުވަހަކީ ދިވެހި ޤައުމިއްޔަތާއި މިނިވަންކަމުގެ މުހިންމުކަން އާކޮށް، ޝަހީދުންގެ ޤުރުބާނީގެ އަގު ވަޒަންކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ ޝަހީދުންގެ ދުވަސް