ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށައަޅަން ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕާޓީތަކުގެ ދަފްތަރުގެ އެންމެ ފަހުގެ އަދަދު އަދާހަމަ ލިސްޓު ވެބްސައިޓުގައި އާންމުކޮށް އީސީން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މައި ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އީސީ އިން ބުނީ، ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެ ކަމަށެވެ.

އެގޮތުން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފެބުރުއަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ އެންމެ ފަހުގެ އަދަދުތައް އީސީގެ ވެބްސައިޓުގައި އިއްޔެ އަޕްޑޭޓްކޮށްފައިވެ އެވެ. އެ ލިސްޓުގައިވާ ގޮތުން 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު ހުސްވި ޑިސެމްބަރު 30 ގެ ނިޔަލަށް 68،968 މެންބަރުންނާއެކު އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ.

ދެވަނަ އަށް އެންމެ ގިނަ މެންބަރުން ދަފްތަރުކުރެވިފައިވަނީ 43،755 މެންބަރުންނާއެކު އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި މި ވަގުތު 13،826 މެންބަރުން އެބަތިއްބެވެ.

ކޮންގްރެސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީޕީ ޖުމްހޫރީ ޕާޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ