މެންޓަލް ހެލްތް ހެލްޕްލައިންއަށް 3004 ކޯލް

Advertisement

އެންމެ ފަސް

Advertisement

މެންޓަލް ހެލްތު ހެލްޕްލައިން ތައާރަފްކުރި ފަހުން މިހާތަނަށް 3،004 ކޯލަށް ޖަވާބުދާރީވެފައިވާ ކަމަށް ދިވެހިރާއްޖޭގެ މެންޓަލް ހެލްތާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މެންޓަލް ހެލްތާއި ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މުހިންމު އެހީތެރިކަމާއި އިރުޝާދުތައް ފޯރުކޮށްދީފައިވެ އެވެ. އަދި ނަފްސާނީ އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި 1677 ހިއްސާކޮށްފައިވެ އެވެ.

މި ހެލްޕްލައިންއަކީ 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ކަމަށްވާއިރު، 2024 ވަނަ އަހަރުގެ އޭޕްރީލް 21 އިން ފެށިގެން މިއަދާ ހަމައަށް 3،004 ފަރާތަކަށް ނަފްސާނީ އެހީގެ ހިދުމަތް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކުޑަ މުއްދަތެއްގެ ތެރޭގައި ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މެންޓަލް ހެލްތް ހެލްޕްލައިން ތައާރަފުކޮށްދެއްވާފައިވަނީ މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މި ހެލްޕްލައިންގެ ޚިދުމަތް ތައާރަފުކުރުމާއެކު، ނަފްސާނީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގެއް ރައްޔިތުންނަށް ފަހިވެގެން ގޮސްފައިވެއެވެ.

ނަފްސާނީ ބަލި މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ