އިންނަމާދޫ އާއި މާކުރަތު ޕޮލިސް ޕޯސްޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރ. އިންނަމާދޫ އާއި ރ. މާކުރަތުގެ ޕޮލިސް ޕޯސްޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މި ދެ ރަށުގެ ޕޮލިސް ޕޯސްޓް ގާއިމް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ  ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ ރިޓެޔާޑް އަހްމަދު ސައުދީ އެވެ.

އެ ރަށުގެ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅަށްް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ރައީސް ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި 4 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވާފައިވެ އެވެ. އެގޮތުން، ރައީސް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު މާލެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރ. އިންނަމާދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ