ސިނގިރޭޓް މަނާ ނުކުރެވުނީ އެއްވެސް ފަރާތަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައިދިނުމަކަށް ނޫން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ވޭޕާއެކު ދުންފަތް ނުވަތަ ސިނގިރޭޓްގެ ބާވަތްތައް މަނާ ނުކުރީ އެއްވެސް ބަޔަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައި ދިނުމަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ފާހަގަކުރެއްވީ ރ. އުނގޫފާރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ދުންފަތުގެ ކޮންޓްރޯލްކުރުމަށް ދާދި ފަހުން ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން އުފެދިފައިވާ ފާޑުކިޔުންތަކަށްވެސް ރައްދުދެއްވާފަ އެވެ.

ރަައީސް ވިދާޅުވި ގޮތުގައި، ދިވެހި މުޖުތަމައުގައި ކުރީއްސުރެ ފެށިގެން ދުންފަތުގެ ބޭނުން ކުރަމުން އަންނާތީ، މިކަން ކުއްލިއަކަށް ހުއްޓުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

”ދުންފަތް އެއްކޮށް މަނާކޮށްލުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދައެއް ނޫން. ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުވިސްނޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް އާދަވެފައި ދުންފަތުގެ އިސްތިއުމާލުކުރަން“

ރައީސް ވިދާޅުވީ، ދުންފަތުގެ އުފެއްދުންތަކުން ނަގާ ޓެކްސް އިތުރުކޮށްގެން ދައުލަތުގެ އާމްދަނީ މައްޗަށް ޖެއްސުމަށް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި މިފަދަ ޓެކްސްތަކަށް ބަރޯސާވެ، ދައުލަތުގެ އާމްދަނީ ހިސާބުކުރުމަކީވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ބަލިޖެހުމުގެ ކުރިން އެ ބަލިތަކުން ރައްކާތެރިވުމެވެ. އެގޮތުން ރައީސް ވިދާޅުވިި ގޮތުގައި ”އެންމެ ބޮޑެތި މައްސަލަތައް މި ދިމާވަނީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން. އެހެންވީމާ އެ ބިހޭވިއާ އިން ދުރަށް ދިޔުމަށް ބާރުއެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ،“ ކަމަށެވެ. އަދި ސަރުކާރުގެ މަޤްސަދަކީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު، ފިޔަވަޅުން ފިޔަވަޅަށް ކުރިއަށް ގޮސް، އިތުރު ފިޔަވަޅުތައް އަޅައި، ރައްޔިތުން މިކަމުން ސަލާމަތްކޮށް، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ޤާއިމްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ކުރިއަށް އޮތް ޖީލު ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ރަށު ފެންވަރުގައި ރައްޔިތުން އިސްނަގައިގެން، އެ ރަށަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށް މަސައްކަތްކުރުމަށްވެސް ރައީސް ހިތްވަރުދެއްވި އެވެ.

ފާއިތުވި މަހު ގެނެވުނު ޤާނޫނީ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުގެ އަގު މައްޗަށް ޖެހުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މި ބަދަލުތައް ގެނެވިފައިވަނީ ރައްޔިތުންގެ ސިއްހަތަށް އިސްކަންދީގެން ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުނގޫފާރު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ