ޑިޖިޓަލައިޒް ކުރެވޭ ހިސާބުން ކޮރަޕްޝަންގެ ފަސާދަ ކުޑަވެގެންދާނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޚިދުމަތް ދިނުމުގައި އިންސާނީ ބައިވެރިވުން މަދުކޮށް، ޑިޖިޓަލައިޒް ކުރެވޭ ހިސާބުން ކޮރަޕްޝަންގެ ފަސާދަ ކުޑަވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ދާދި ފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތްކުރައްވައި، އެސްޓޯނިއާ ފަދައިން، ދިވެހިރާއްޖެއަކީވެސް އާންމު ޚިދުމަތްތަކާ ގުޅޭ ހުރިހާ ކަމެއް އެއް ވިއުގައެއްގެ ތެރެއިން ޑިޖިޓަލައިޒްކޮށްގެން ޚިދުމަތް ދެވޭ ޤައުމަކަށް ހެއްދެވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.

”ހެޔޮ ނިޔަތުގައި ކަންކަން ކުރާ ނަމަ ކޮރަޕްޝަނުގެ އަމަލުތައް ނައްތާލެވޭނެ. ނޫނީ މަދު ކުރެވޭނެ. އެގޮތުން ބަލާއިރު އެންމެ މުހިއްމު އަދި އެންމެ ފަސޭހަ ކަމަކީ މުޅި ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް، ހުރިހާ މަސައްކަތްތަކެއް އެއީ ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ގާއިމް ކުރުން،“

ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ފަސާދައިން މުޅިން ނުވަތަ ވީހާވެސް ބޮޑަކަށް ސަލާމަތްވެފައި އޮތް ޤައުމަކަށް ހެއްދެވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ފާހަގަކުރައްވާފަ އެވެ.

”ހިޔުމަން އިންޓަވެންޝަނުން އަމަލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދުކުރެވުނު ވަރަކަށް ޑިޖިޓަލް ނިޒާމެއް ގާއިމް ކުރެވި ކުރެވޭ ކޮންމެ ކަމެއްގެ ރެކޯޑިން ބެލެހެއްޓޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިގެން ދިޔައީމާ ވަރަށް ބޮޑަށް އެކަން ހުއްޓުވޭނެ.“

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ޤާނޫނުތައް އެކުލަވާލައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުނގޫފާރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ