އުނގޫފާރުގައި ވިޔަފާރި ބަނދަރެއް އޮތުން މުހިންމު: ކައުންސިލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. އުނގޫފާރު އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވަމުން އަންނައިރު، އެރަށުގައި ވިޔަފާރި ބަނދަރެއް ޤާއިމްކުރުމުގެ މުހިންމުކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މިކަން ފާހަގަކުރެވިފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އުނގޫފާރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، އުނގޫފާރުގައި ހިނގަމުންދާ މަޝްރޫޢުތައް ފުރިހަމަކޮށްދިނުމާއި އާ މަޝްރޫޢުތައް ފެށުމަށް ކައުންސިލުން ވަނީ އެދިފަ އެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ކްލާސްރޫމްތަކެއް އެޅުން ހިމެނެ އެވެ.

ހަމަ މިއާއެކު، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި، ޓިވެޓް ސެންޓަރެއް އަދި ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ އިމާރާތެއްގެ މުހިންމުކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން މެދުވެރިކޮށް، ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުނގޫފާރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ